ޑެޕިއުޓީ ލީޑަރ މުހައްމަދު އިސްމައިލް ހިމެނޭހެން ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕް ޓީމް ހދ އަތޮޅަށް
ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަތޮޅު ތެރެއަށް ކުރައްވަމުުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހދ އަތޮޅަށް ފުރާވަޑައިގެންފިއެވެ.
މިދަތުރުގައި ހިމެނެނީ ކޮންގްރެސް ކޯލިޝަންގެ ޑެޕިއުޓީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމައިލް އަދި ވިލިފުށި ދާއިރާގެ މެމްބަރު ހަސަން ވަހީދު، ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު އަދި ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ނަބީލް އެގްރޯ ، ފެނަކަ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނެވެ.

Ads by BMLމިދަތުރުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޕާޓީ ހަރަކާތްތައް ފެށުމުގެ ގޮތުން މެމްބަރުންނާއި ބައްދަލުކުރުމާއި، ސްޓިއަރިން ކޮމެޓީއާއި ބައްދަލުކޮށް ހާލަތު ދެނެގަތުމެވެ. އަދި ސަރުކާރުގެ ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން މެމްބަރުންނަށް މައުލޫމާތު ދިނުން އޮންނާނެއެވެ.
ކޮންގްރެސް ކޯލިޝަންގެ ފަރާތުންދަނީ އަތޮޅު ތެރޭގެ ދަތުރުތަށް ފަށާފައެވެ. މިގޮތުން ޓީމްތަކަށް ބަހާލައިގެން ކޮންމެ ހަފްތާއެއްގެ ހަފްތާ ބަންދުގައި ދަނީ ދަތުރު ކުރައްވަމުންނެވެ.
Ads by MACL
