ދެވަނަ ދައުރު ނުލިބުމުގެ އެންމެބޮޑު އެއް ސަބަބަކީ ޑިމޮކްރެޓްގެ ވޯޓު ނުދިނުން: ރައީސް ސޯލިހު
ދެވަނަ ދައުރަކަށް އިންތިހާބު ނުވި އެންމެ ބޮޑު އެއް ސަބަބަކީ ޑިމޮކްރެޓްސް އުފަންވެ އެޕާޓީގެ ވޯޓު ނުލިބުމުން ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ ރާއްޖެ ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވި ފުރަތަމަ ސަބަބަކީ ރާއްޖޭގެ ކަޑު ގެއްލުވާލި ކަމަށް ބުނެ އިދިކޮޅުން ހިންގި ކެމްޕެއިނެވެ. މި ކެމްޕެއިނަކީ އޭރު ވަރަށް ބޮޑަށް ހޫނުވެ، ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ މައްސަލައެކެވެ.
Ads by BMLދެވަނަ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ އިންޑިއާ މިލިޓަރީ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ބުނެ އިދިކޮޅުން ހިންގި ކެމްޕެއިނެވެ. މި މައްސަލައަކީވެސް އޭރު ވަރަށް ބޮޑަށް ހޫނުވެ، ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރި މައްސަލައެކެވެ.
އަދި ތިންވަނަ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީގެ ސަބަބުން ގެއްލިގެން ދިޔަ ވޯޓުތަކެވެ. މި ޕާޓީގެ ސަބަބުން ވޯޓުތައް ބެހިގެން ގޮސް، އިދިކޮޅު ކެންޑިޑޭޓަށް ފައިދާވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ތިން ކަމަކީ އެމަނިކުފާނުގެ ވެރިކަން ގެއްލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކަންކަން ކަމަށް ރައީސް އިބޫ ވަނީ ފާހަގަކުރައްވާފައެވެ
Ads by MACL
