ފަރެސް މާތޮޑާގެ ގެއެއްގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައިފި
ގދ. ފަރެސް މާތޮޑާގެ ގެއެއްގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.
ފުލުހުން ބުނީ ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 04:15 އެހައިކަންހާއިރު ކަމަށެވެ.
މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައެވެ. އަދި ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި އެ ރަށު ކައުންސިލާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ.
Ads by BMLފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވެއެވެ. ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަލިފާނުގެ ސަބަބުން އެ ގޭގެ އެ ކޮޓަރި ވަނީ ވަރަށް ބޮޑަށް އަނދައި ގެއްލުން ވެފައެވެ.
މިހާތަނަށް ބެލި ބެލުމުން މި ހާދިސާ ހިނގަން މެދުވެރިވީ އެ ގޭގެ ކޮޓަރީގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Ads by MACL
