ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލުގެ ދެ މީހަކު އަތުލައިގެންފި
ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން (ދިރުވާލައިގެން) ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޭރުގެ ދެ ފަސިންޖަރަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި މި މައްސަލާގައި އަތުލައިގެންފައިވަނީ 2026 ސެޕްޓެންބަރު 25 ވަނަ ދުވަހު ތައިލެންޑުން ރާއްޖެއައި ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރެކެވެ. މި ދެ މީހުން އަތުލައިގަނެވުނީ އެމީހުންގެ އަމަލުތައް ހުރިގޮތުން ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން، ސުވާލުކޮށް އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ތަފްޞީލު
Ads by BMLމި ދެ ފަސިންޖަރުންގެ ހަށިގަނޑުން ޖުމްލަ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ތިން ބާވަތެއްގެ މަސްތުވާތަކެތި ހިމެނެއެވެ. އަތުލައިގަތް ތަކެތީގެ ޖުމްލަ ބަރުދަނުގައި 1,183.8 ގްރާމް ހުއްޓެވެ.
• ހެރޮއިން: 708.2 ގްރާމް
• ކޮކެއިން: 424 ގްރާމް
• މޯފިން: 51.6 ގްރާމް
ކަސްޓަމްސްއިން ބަޔާންކުރި ގޮތުގައި، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި މިފަދައިން ހަށިގަނޑުގައި ފޮރުވައިގެންނާއި އެހެނިހެން އުކުޅުތައް ބޭނުންކޮށްގެން އެތެރެކުރަން އުޅޭ މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށްވެސް އެ މުއައްސަސާއިން ފާހަގަކުރެއެވެ.
Ads by MACL
