އެމްޑީޕީގެ ޗެއާޕާސަން އާއި ރައީސްގެ މަގާމު އެއްކޮށްލައި، ޕާޓީގެ ލީޑަރަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތް ހަދަނީ!
އެމްޑީޕީގެ ރައީސް އާއި ޗެއާޕާސަން މަގާމް އެއްކޮށައި އެ ޕާޓީގެ ލީޑަރަށް ރިޔާސީ އިންތިހާބާއި ސަރުކާރުގެ މަގާމްތައް އަދާ ނުކުރެވޭނެ ގޮތް އިސްލާހު ހުށައަޅަން ނިންމައިފިއެވެ.
ރޭ "ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ދެ މަގާމު އެއްކޮށްލުމުން ޕާޓީ ޕާޓީ ބާރަށް ކުރިއަށް ގެންދަން އެއީ ރަނގަޅު ކަމަކަށް ވެގެންދާނެ ކަމަށެވެ. މިހާރު އެކުލަވާލާފައިވާ ޕާޓީގެ ރޯޑު މެޕުގައި ވެސް އޮންނާނީ އެ ތަނުން ކޮންމެވެސް އެއް މަގާމެއް ދެމެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ މަގާމު އެއްކޮށްލުމަށްފަހު ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނަ މީހަކަށް، އެ މަގާމުގެ ދައުރުގެ ތެރޭގައި އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަނުކުރެވޭނެ ގޮތަށް އަސާސީ ގަވާއިދު އިސްލާހުކުރަން ހުށަހަޅާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
Ads by BMLމި ބަދަލުގެ ބޭނުމަކީ ޕާޓީގެ ތެރޭގައި އުފެދޭ ފެކްޝަންތަކާއި އެހެން ސިޔާސީ އޮއިވަރުތަކުގެ ތެރެއިން މިނިވަންކަމާއެކު ޕާޓީ ހިންގުމުގެ ފުރުސަތު ދިނުންކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް އެ މީހެއްގެ ގައިގައި ކޮލިޓީ ހުރިކަން ސާބިތުކޮށްދޭން ލިބޭ ފުރުސަތަކަށް ވެގެންދާނެއެވެ.
"ޕާޓީގެ ގޮތުގައި ޕާޓީ ހިންގުމަށް ޓަކައި ޕާޓީ ހިންގަން ހުންނަ މީހާއަކީ އެ ކަންކަމުން ސަލާމަތްވެ، އެއްކިބާވެފައި ހުންނަ މީހެކޭ. އެ މީހާގެ މަސައްކަތަކީ ޕާޓީގެ ވަރުގަދަކުރުން،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާގެ ހިޔާލަކީ ޕާޓީގެ ލީޑަރަކަށް ވަޑައިގަންނަވާ ބޭފުޅާއަށް އެމްޑީޕީގެ ސަރުކާރެއްގައި ވަޒީފާއެއް ވެސް އަދާނުކުރެވޭ ގޮތް ހެދުމެވެ. އެގޮތުން، ސަރުކާރުގެ ނުވަތަ ކުންފުންޏެއްގެ ވެސް އެއްވެސް އިތުރު މަގާމެއް އެ ބޭފުޅަކަށް އަދާނުކުރެއްވޭ ގޮތަށް އަސާސީ ގަވާއިދު ބަދަލުކުރަން ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލާއެކު ޕާޓީގެ ލީޑަރަކީ ރަނގަޅު މުސާރައެއް ދެވިފައި ހުންނަ ޕާޓީގެ ހުރިހާ ކަމެއް ހިންގުމުގައި އަބަދުމެ ޝާމިލުވެ ހުންނަ މީހަކަށް ވެގެންދާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަވަނީ ފެކްޝަންތަކަށް ވެސް ޖާގަ ދީގެން ކަމަށެވެ. އެހެންވެ، ޕާޓީގެ ހިންގުމަށް ހާއްސަ ބޭފުޅެއް ހުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އަމާޒަކީ ފެކްޝަން ނެތް ޕާޓީއަކަށް އެމްޑީޕީ ބަދަލުވިޔަނުދިނުން ކަމަށެވެ.
Ads by MACL
