އާސަންދަ ކުންފުންޏަށް މެކްބުކް ޕްރޯއެއް ހޯދަނީ
އާސަންދަ ކުންފުނީގެ ބޭނުމަށް މެކްބުކް ޕްރޯއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިޢުލާންކޮށްފިއެވެ.
އެ ކުންފުނިން ކުރި އިޢުލާނުގައިވާ ގޮތުން، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 25، 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 އެވެ. ރަޖިސްޓްރީވުމަށްޓަކައި [email protected] އަށް އީމެއިލް ކުރަންޖެހެއެވެ.
އީމެއިލް ކުރާއިރު ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތުގެ މައުލޫމާތުގެ އިތުރުން ކުންފުނީގެ ރަޖިސްޓްރީ ނަންބަރާއި، އީމެއިލް އެޑްރެސް، ޖީއެސްޓީ ނަންބަރު އަދި އިޢުލާން ނަންބަރު (ASND/GA/IUL/2026/37) ސާފުކޮށް އެނގޭނެހެން ހުށަހަޅަންޖެހޭނެކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.
Ads by BMLމި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮވެމްބަރު 01، 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އާސަންދަ އޮފީހުގައެވެ. އަދި މި އިޢުލާނާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
Ads by MACL
