ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިނަދޫގައި ބަނގުރާ އުފައްދާ ނެޓްވޯކެއްގެ އިސް މީހަކު 15 ދުވަހަށް ބަންދުކޮށްފި

ތިނަދޫގައި ބަނގުރާ އުފައްދާ ނެޓްވޯކެއްގެ އިސް މީހަކު 15 ދުވަހަށް ބަންދުކޮށްފި

ގދ. ތިނަދޫގައި ފުޅާދާއިރާއެއްގައި ބަނގުރާ އުފައްދައި ވިއްކުމުގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ޒުވާނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްދީފިއެވެ.

ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ރިހިކޮކާގެ، މުހައްމަދު އަފާޒު ބިން އަބްދުﷲ (21އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުންނެވެ.

އަފާޒާ ގުޅުން ހުރި ކަމަށް ބެލެވޭ ތިނަދޫގެ ފްލެޓެއް ބަލައިފާސްކުރިއިރު، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ތަފާތު ސާމާނުގެ އިތުރުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ލީޓަރުގެ ތިން ހަމާއި 500 އެމްއެލްގެ ފުޅިއެއް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.