ސްޓޭޓް ފާމަސޫޓިކަލްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރަކު އައްޔަނުކޮށްފި
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރައްވާފައިވަނީ ގދ. ތިނަދޫ ޕެންޒީމާގެ، އިސްމާޢީލް ފަރުހާދު އަޙްމަދެވެ.
ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރާ ޕީސީބީން ވަނީ އިސްމާޢީލް ފަރުހާދު އަޙްމަދު އެ މަގާމަށް އައްޔަނުކުރެއްވިކަން ރަސްމީކޮށް އާންމުކުރައްވާފައެވެ.
Ads by BMLhttps://twitter.com/pcb_gov/status/2112501182153581004
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަކީ ރާއްޖެއަށް ބޭނުންވާ ސިއްހީ ބޭހާއި މެޑިކަލް އިކުއިޕްމަންޓް އަދި ސަޕްލައި އެތެރެކުރުމާއި ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް، އެކަންކަން އެއް ފުރާޅެއްގެ ދަށުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.
Ads by MACL
