ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި، ހޮވޭ ދެ ފަރާތަކަށް 5 ލައްކަ ރުފިޔާ!
ރާއްޖޭގައި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ "ސްޓާޓްއަޕް ގްރާންޓް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއީ އަމިއްލަ ވިޔަފާރިއެއް ފެށުމަށް ނުވަތަ އާ އީޖާދީ ޚިޔާލެއް ހަގީގަތަކަށް ހެދުމަށް ޝައުގުވެރިވާ އުންމީދީ ވިޔަފާރިވެރިންނަށް ބޭންކުން ހުޅުވާލި ރަނގަޅު ފުރުސަތެކެވެ. ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ގްރާންޓަށް ހޮވޭ އެންމެ ފުރިހަމަ ދެ އެޕްލިކޭޝަންގެ ތެރެއިން ކޮންމެ ފަރާތަކަށް ވިޔަފާރި ގާއިމުކުރުމަށް ނުވަތަ ފުޅާކުރުމަށް 500,000 (ފަސް ލައްކަ) ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.
މާލީ އެހީތެރިކަމުގެ އިތުރުން، ހޮވޭ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އިރުޝާދާއި ބިޒްނަސް ސަޕޯޓު އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭންކުން ފޯރުކޮށްދޭނެއެވެ. މިގޮތުން ވިޔަފާރިތަކަށް ޚާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ބޭންކުގެ ފަރާތުން ކަނޑައަޅާނެއެވެ.
Ads by BMLޝަރުތުތަކާއި ސުންގަޑި:
• އުމުރުފުރާ: 18 އަހަރާއި 60 އަހަރާ ދެމެދުގެ ކޮންމެ ދިވެހިރައްޔިތަކަށްވެސް ބައިވެރިވެވޭނެއެވެ.
• ވިޔަފާރީގެ ޚިޔާލު: ހުށަހަޅާ ޚިޔާލަކީ އާ، އީޖާދީ އަދި އަމަލީގޮތުން ކުރިއަށް ގެންދެވޭނެ ފަދަ މާލީގޮތުން ފައިދާހުރި ޚިޔާލަކަށް ވާންޖެހޭނެއެވެ.
• ސުންގަޑި: ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ 10 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
މި ގްރާންޓަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި، ވިޔަފާރީގެ ތަފްސީލީ ޕްލޭން ސުންގަޑި ހަމަވުމުގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ބޭންކުން އެދެއެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތާއި، ކުރިމަތިލުމުގެ އުސޫލުތައް ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.
Ads by MACL
