އދ. އަތޮޅު މަދަރުސާގެ މުވައްޒަފުންނަށް އެމްއެންޑީއެފުން ފަސްޓް އެއިޑް ސެޝަނެއް ހިންގައިފި
އދ. އަތޮޅު މަދަރުސާގެ ޓީޗަރުންނާއި ސަޕޯޓް ސްޓާފުންނަށް އަމާޒުކޮށްގެން، މެޑިކަލް އިމަޖެންސީތަކުގައި އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ޚާއްސަ ސެޝަނެއް އެމްއެންޑީއެފުން ކުރިއަށް ގެންގޮސްފިއެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު އެ ސްކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ ސްކޫލް މާހައުލުގައި ދިމާވެދާނެ ސިއްހީ އެކި ހާދިސާތަކުގައި އަމަލުކުރަންވީ އެންމެ ރަނގަޅު ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ސެޝަނެކެވެ. މިއީ އެމްއެންޑީއެފް މެޑިކަލް ކޯރގެ މުދައްރިބުން ނަގައިދެއްވި ސެޝަނެކެވެ.
🔗 ތަފްޞީލް ކިޔުމަށް: [ލިންކް]
Ads by BMLhttps://twitter.com/MNDF_Official/status/2112492763954684118
މި ސެޝަނުގައި މައިގަނޑު ގޮތެއްގައި ކިޔައިދީފައިވާ ބައިތަކުގެ ތެރޭގައި ހިމެނެނީ:
• ފަސްޓް އެއިޑްގެ އަސާސްތައް: މެޑިކަލް އިމަޖެންސީތަކުގައި އަވަސް ފަރުވާ ދޭނެ ގޮތްތައް.
• އަނިޔާތަކަށް ފަރުވާދިނުން: ހަށިގަނޑު ފިހުމާއި، މަސްގަނޑާއި ކަށިތަކަށް ލިބޭ އަނިޔާތަކުގައި އަމަލުކުރާނެ ގޮތް.
• ލޭ މަނާކުރުން: ހަށިގަނޑުން ލޭއަންނަ ހާލަތްތަކުގައި ލޭ މަނާކުރާނެ އުކުޅުތައް.
• ނޭވާ ހާސްވުން: ކާނާ ނުވަތަ އެއްޗެއް ހުރަސްވެގެން ނޭވާ ހާސްވާ ވަގުތު ކަންކުރާނެ ގޮތް.
• މޫސުމީ ސިއްހީ ހާލަތްތައް: ހޫނުގަދަވުމާއި ފިނިވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގައި އަމަލުކުރާނެ ގޮތްތައް.
• ސީޕީއާރް އަދި ބަލިމީހުން އުފުލުން: ކުއްލި ހާލަތްތަކުގައި ސީޕީއާރް ދޭނެ ގޮތާއި، ރައްކާތެރިކަމާއެކު ބަލިމީހުން އުފުލާނެ ގޮތްތައް.
އދ. އަތޮޅު މަދަރުސާގެ ޓީޗަރުންނާއި ސަޕޯޓް ސްޓާފުން ހިމެނޭހެން ޖުމްލަ 59 މުވައްޒަފުން މި ސެޝަނުގައި ބައިވެރިވެ، އަމަލީ ގޮތުން ތަމްރީނުތައް ފުރިހަމަކޮށްފައިވެއެވެ. ސްކޫލުން މައުލޫމާތުދޭ ގޮތުގައި މިފަދަ ސެޝަނެއްގެ ސަބަބުން ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުވައްޒަފުންނަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
Ads by MACL
