ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕޯސްޓް ލިމިޓެޑްގެ ބޯޑަށް ކުރީގެ ޑެޕިއުޓީ މޭޔަރު އަރީޝް ހަމަޖައްސައިފި

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަން ކުރައްވާފައިވާ މުޙައްމަދު އަރީޝް---
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަން ކުރައްވާފައިވާ މުޙައްމަދު އަރީޝް---

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަން ކުރައްވާފައިވާ މުޙައްމަދު އަރީޝް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އިއުލާނުކޮށްފައިވާ ގޮތުގައި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ މ. އަހުލިހަ، މުޙައްމަދު އަރީޝްއެވެ.

ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އަލަށް ހަމަޖެއްސެވި އަރީޝްއަކީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމު އަދާކުރެއްވުމުގެ އިތުރުން، އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައިވެސް ވާދަކުރައްވާފައިވާ ބޭފުޅެކެވެ.

މީގެއިތުރުން، މިދިޔަ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށްވެސް އަރީޝް ވަނީ އައްޔަންކުރައްވާފައެވެ.