ރައީސް މުޢިއްޒު ޕާކިސްތާނަށް ވަޑައިގެންފި؛ އަމާޒަކީ ދެ ޤައުމުގެ ގުޅުން އާ ހިސާބަކަށް ގެންދިއުން!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
އިސްލާމްއާބާދަށް ވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާކިސްތާނުގެ ސަރުކާރާއި އެޤައުމުގެ އަޚުވަންތަ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށާއި ދިވެހި ވަފުދަށް ދެންނެވި ހޫނު މަރުޙަބާއާއި ރަސްމީ ޝަރަފުގެ އިސްތިޤްބާލަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ.
🔗 ތަފްޞީލް ކިޔުމަށް: [ލިންކް]
Ads by BMLhttps://twitter.com/mmuizzu/status/2112584153577472489?s=46
މީގެއިތުރުން، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް ޓެގްކުރައްވައި ރައީސް ވިދާޅުވީ، މި ދަތުރުފުޅުގެ ތެރެއިން ކުރިއަށްދާނެ ރަސްމީ ބައްދަލުވުންތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ފަރާތުގެ ބައިވެރިވުން ވަރުގަދަވެގެންދާނެ ބައްދަލުވުންތަކަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މި މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި ކުރެވޭ މަސައްކަތްތައް އާ ހިސާބަކަށް ވާޞިލްވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
Ads by MACL
