ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިސައިލާއި ޑްރޯން ހަމަލާތަކަކާ ގުޅިގެން ސައުދީގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް، ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފި

 ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދެވުނު މިސައިލް އަދި ޑްރޯން ހަމަލާ /  ފޮޓޯ: އޭއެފްޕީ / ރޮއިޓާސް
ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދެވުނު މިސައިލް އަދި ޑްރޯން ހަމަލާ / ފޮޓޯ: އޭއެފްޕީ / ރޮއިޓާސް

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ އެ ގައުމުގެ މައި ވައިގެ ބަނދަރު، ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި މިސައިލް އަދި ޑްރޯން ހަމަލާތަކަކާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހި، ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ.

މި ހާދިސާއާ ގުޅިގެން، ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ މިޝަނުން ވަނީ އެ ގައުމުގައި އުޅޭ އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް ގޮވާލައި ޚާއްސަ ސެކިއުރިޓީ އެލާޓެއް ވެސް ނެރެފައެވެ.

ޔަމަނުގެ ހޫތީން ދިން މި ހަމަލާތަކުގެ ސަބަބުން އެއާޕޯޓުގެ ޚިދުމަތްތައް ހުއްޓުމަކަށް އައުމާ ގުޅިގެން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބޮޑެތި އެއާލައިންތަކުން ދަނީ ސައުދީ އަރަބިއްޔާގެ އެކި ހަބުތަކަށް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލް ކުރަމުންނެވެ. މީގެ ތެރޭގައި ގަތަރު އެއާވޭސް އާއި އިއްތިހާދު އެއާވޭސް ފަދަ އެއާލައިންތައް ހިމެނޭއިރު، ބައެއް އެއާލައިންތަކުން ވަނީ ފްލައިޓްތައް ކެންސަލްކުރުން އޮކްޓޯބަރު މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މި ބަދަލުތަކުގެ ސަބަބުން ސައުދީ އަށާއި އެ ގައުމު ހުރަސްކޮށް ދަތުރުކުރާ އެތައް ހާސް ފަސިންޖަރުންނަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެއާޕޯޓުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.