ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިހަ އަހަރަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް: ރައީސް މުޢިއްޒުގެ މި ދަތުރުފުޅާމެދު އިންޑިއާގެ ވިސްނުން ކޮބާ؟

ދިހަ އަހަރަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް: ރައީސް މުޢިއްޒުގެ މި ދަތުރުފުޅާމެދު އިންޑިއާގެ ވިސްނުން ކޮބާ؟

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، ފާއިތުވި ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ކުރައްވާ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ..

ރައީސް މުއިއްޒު ޕާކިސްތާން ދަތުރުފުޅު އިއުލާން ކުރެއްވުމާ ހަމައިން ގިނަ ބައެއްގެ ހިތަށް ގިނަ ސުވާލުތަކެއް އަންނާނެކަން ކަށަވަރެވެ. ވަކިން ހާއްސަކޮށް އެންމެ ހަނދާނަށް އަންނާނީ އެންމެ އަވަށްޓެރި އިންޑިއާ މަތިންނެވެ. ކޮންމެ ގޮތެއްވިޔަސް ފާއިތުވެ 11 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ނުވަތަ ރައީސް ކަން ކުރައްވާފައިވާ ބޭފުޅަކު ޕާކިސްތާނަށް އެއްވެސް ހައިސިއްޔަތުން ދަތުރުފުޅެއް ނުކުރައްވާކަމީ އަދި މާ ބޮޑަށް ސުވާލު އުފެދޭ ކަމެކެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1966 ވަނަ އަހަރުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު އާލީ ޝެހްބާޒް ޝަރީފާ އެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި، ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރައްވާނެކަން ވަނީ އިއުލާން ކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. މިއާއިއެކު ބައިނަލް އަގުވާމީ މީޑިއާ ތަކުގެ ފަލަ ސުރުހީއަށް މިވާހަކަ ވަނީ ތިލަވެފައެވެ.

ރައީސް މުޢިއްޒާއި ބޮޑުވަޒީރު ޝަރީފްގެ މެދުގައި ބާއްވާ މަޝްވަރާތަކުގައި ވިޔަފާރި، އިންވެސްޓްމަންޓް، ސިއްހީ ދާއިރާ، ތައުލީމު، ފަތުރުވެރިކަން، ދަނޑުވެރިކަން އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އައު ފުރުސަތުތައް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން "ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް" އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުގެ ބަޔާނުގައިވާ ގޮތުން، މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑު ސުވާލު؟ މި ދަތުރުފުޅާ ގުޅިގެން އިންޑިއާއިން ކަންބޮޑުވެދާނެ ތަ؟


ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދަތުރުފުޅާއި ގުޅިގެން ބައިނަލް އަގުވާނީ މީޑިއާ ތަކުން ދަނީ ވަރަށް ގާތުން މި ދަތުރުފުޅު ކަވަރ ކުރަމުންނެވެ. ދުނިޔޭގެ ބައެއް ބޮޑތި މީޑިއާތަކުން ވަނީ ޕާކިސްތާނަށް ވެސް ވަޑައިގެންކަން ފެނެއެވެ.

ކަންމިހެން އޮތްއިރު އަދި ބޭރުގެ ރިޕޯޓުތައް ބުނާގޮތުން، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ދިފާއީ އަދި އަސްކަރީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް ހިމެނެއެވެ.

މިއީ އިންޑިއާ ކަނޑުގެ ސަލާމަތީ މަސްލަހަތުތަކާ ގުޅޭގޮތުން އިންޑިއާއިން ކަންބޮޑުވުން ފާޅުކުރާ ކަމަކަށް ވެދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.  މީގެ އިތުރުން، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް 'ސާކް' އިތުރަށް ހަރަކާތްތެރިކުރުމަށް ރައީސް ޑރ މުޢިއްޒު ގޮވާލައްވާ ގޮވާލެއްވުމަކީ، އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން އިންޑިއާއިން ފާރަވެރިވާ ކަމެކެވެ.

މި ދަތުރުފުޅު މި ކުރައްވަނީ، ރާއްޖޭގެ އިގްތިސާދު ހަމަޖެއްސުމަށްޓަކައި އިންޑިއާއިން ދާދިފަހުން 3,000 ކްރޯޑް ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ މުއްދަތު އިތުރުކޮށްދީފައިވާ ދަނޑިވަޅެއްގައެވެ.

މި ދަތުރުފުޅު ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ދުރުވިސްނުންތެރިކަމާއި ވިސްނުންފުޅު ތޫނުކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. ބައިނަލްއަޤްވާމީ މަސްރަޙުގައި ވަކި ފަރާތަކަށް މާބޮޑަށް ބަރޯސާނުވެ، ހުރިހާ ޤައުމަކާއެކު ވެސް ޤައުމީ މަސްލަހަތު އިސްކޮށްގެން ގުޅުން ބަދަހިކުރެވިދާނެކަން މި ނިންމެވުމުން ސާބިތުވެއެވެ.

ޚާއްޞަކޮށް، ރާއްޖެއަށް އަބަދުވެސް ތަރައްޤީއާއި ކުރިއެރުން ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ކުރައްވާ ވަކާލާތުތަކަށް މި ދަތުރުފުޅުގެ ސަބަބުން އިތުރު ބާރަކާއި ދިރުމެއް ލިބިގެންދެއެވެ.

ވިޔަފާރިއާއި، ތަޢުލީމާއި، އިޤްތިޞާދީ އައު ދޮރުތައް ދިވެހިރައްޔިތުންނަށް ހުޅުވާލުމަށްޓަކައި، ސަރަޙައްދީ ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން ވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދަމަހައްޓަވައި، ޤައުމަށް އެންމެ ފައިދާހުރި ގޮތް އިޚްތިޔާރުކުރެއްވުމުގެ ހިތްވަރު ރައީސް މުޢިއްޒުގެ ކިބައިގައި ހުރިކަން މި ދަތުރުފުޅުން ވަރަށް ސާފުކޮށް ފެނިގެންދެއެވެ. މިއީ "ދިވެހިރާއްޖެ އިސްކުރުން" މިއީ ހަމައެކަނި ޝިޢާރެއް ނޫންކަމާއި، އެއީ ޢަމަލީ ގޮތުން ތަންފީޒުކުރައްވަމުން ގެންދަވާ ހަރުދަނާ ސިޔާސަތެއްކަން އަންގައިދޭ މުހިންމު ފިޔަވަޅެކެވެ.