ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުޢިއްޒު ޕާކިސްތާނުގެ މަރުކަޒީ ވަޒީރުންނާ ބައްދަލުކުރައްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ނިވާސަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އަރިހުގައި އެޤައުމުގެ ފެޑެރަލް މިނިސްޓަރުންނާ (މަރުކަޒީ ވަޒީރުން) ބައްދަލުކުރައްވައި ސަލާމްކުރައްވަނީ — ފޮޓޯ: ޕްރައިމް މިނިސްޓަރ އޮފީސް (ޕާކިސްތާން)

ޕާކިސްތާނަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރުންނާ (މަރުކަޒީ ވަޒީރުން) މިއަދު ބައްދަލުކުރައްވައި ސަލާމްކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ބޮޑުވަޒީރުގެ ރަސްމީ ނިވާސް (ޕްރައިމް މިނިސްޓަރސް ހައުސް) ގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޭއްވުނު ރަސްމީ މަރުޙަބާގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އަރިހުގައި ތިއްބެވި ޕާކިސްތާނު ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާ ރައީސް މުޢިއްޒު ވަނީ ވަކިވަކިން ސަލާމްކުރައްވައި، ކުރުގޮތަކަށް ވާހަކަފުޅު ދައްކަވާފައެވެ.

🔗 ތަފްޞީލް ކިޔުމަށް: [ލިންކް]

https://twitter.com/PakPMO/status/2112791380112367645

މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ރަސްމީ މަޝްވަރާތައް ފެށުމުގެ ކުރިން ބޭއްވުނު ތަޢާރަފުވުމުގެ މުހިންމު ބައްދަލުވުމެކެވެ. ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.