ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާކިސްތާނާއި ރާއްޖޭގެ ވިޔަފާރީގެ ގުޅުން 200 މިލިއަން ޑޮލަރަށް މަތިކުރަން އަމާޒު ހިފައިފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވާހަކަފުޅު ދައްކަވަނީ: / ފޮޓޯ: ޕާކިސްތާން ޓީވީ
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވާހަކަފުޅު ދައްކަވަނީ: / ފޮޓޯ: ޕާކިސްތާން ޓީވީ

މާލެ: ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު އޮތް އަޚުވަންތަ ގުޅުން ދެމިއޮތީ ވަރަށް ބަދަހިކޮށް ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ދޭދޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ދިވެހި ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއަށް އެއްބާރުލުންދީ، އެހީތެރިވުމަށް ޕާކިސްތާނުން އެއްބަސްވެފައިވާ ކަމަށްވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
މި ނިންމުންތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ތިމާވެށީގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.