ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގުރައިދޫ މަރުކަޒަށް ވެމްކޯގެ "ހޮބާ" ޚިދުމަތް ފޯރުކޮށްދިނުމަށް ހެލްތު މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އާއެކު ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކުރުން / ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އާއެކު ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކުރުން / ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ފޮޅާ ސާފުކުރުމުގެ ޚިދުމަތް ވެމްކޯގެ ޚާއްޞަ ބްރޭންޑެއް ކަމަށްވާ "ހޮބާ" މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އާއެކު ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން، ގުރައިދޫ މަރުކަޒު ސާފުކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ޙަރަކާތްތެރިވާ ވެމްކޯގެ ވެށިސާފުވެރިންނާއި އިސްވާރުންނަށް އަމާޒުކޮށްގެން ތައްޔާރުކުރެވުނު ޚާއްޞަ ތަމްރީނުގެ އަތްމަތީ ފޮތް ވަނީ ރަސްމީކޮށް ހެލްތު މިނިސްޓްރީއާ ޙަވާލުކޮށްފިއެވެ. މިއީ އެ މަރުކަޒުގެ މާޙައުލާ ގުޅޭގޮތުން މުވައްޒަފުން އަހުލުވެރިކުރުވުމަށާއި، ޚިދުމަތުގެ ފެންވަރު އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށްޓަކައި އެކުލަވައިލެވުނު ފޮތެކެވެ.

ވެމްކޯއިން އަލަށް ތަޢާރަފުކޮށްފައިވާ ހޮބާ ހައުސްކީޕިންގ ޚިދުމަތުގެ ދަށުން ގުރައިދޫ މަރުކަޒު ސާފުކޮށް ބެލެހެއްޓުމުން، އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ސާފުތާހިރުކަމާއި ރައްކާތެރިކަން ލިބިގެންދާނެއެވެ. މި މަޝްރޫޢަކީ ސަރުކާރުގެ މުއައްސަސާތަކާއި ދައުލަތުގެ ކުންފުނިތައް ގުޅިގެން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް މަތިކުރުމަށް ފެށުނު މުހިންމު މަސައްކަތެކެވެ.