ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އައު ހަރުފަތަކަށް: އެކި ދާއިރާތަކުން މުހިންމު ފަހުމުނާމާތަކެއް ބަދަލުކޮށްފި!
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ފަހުމުނާމާތަކެއް މިއަދު ރަސްމީކޮށް ބަދަލުކޮށްފިއެވެ. މި ފަހުމުނާމާތައް ބަދަލުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގޭގައެވެ.
މި ތާރީޚީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެ ޤައުމުގެ ދެމެދުގައި ލިޔެކިޔުންތައް ބަދަލުކުރުމުގެ ހެކިވެރިންނަށްވެ ވަޑައިގަތީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހުބާޒް ޝަރީފްއެވެ. ދެ ޤައުމުގެ އިސްވެރިންގެ ކުރިފުޅުމަތީގައި ބަދަލުކުރެވުނު މި އެއްބަސްވުންތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޚާރިޖީ ދާއިރާތަކުން ސިފަކުރެއެވެ.
ބޮޑުވަޒީރުގެ ރަސްމީ ގޭގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދެ ޤައުމުގެ ސަރުކާރުގެ މަތީ ފަންތީގެ ވަފުދުތަކުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ފަހުމުނާމާތަކުގެ ސަބަބުން ދެ ޤައުމުގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި ދޭދޭ ގުޅުންތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާވެގެންދާނެއެވެ.
Ads by BML
Ads by MACL
