ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް އެމްޑީޕީން ދެކޮޅު ހަދައިފި

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް އެމްޑީޕީން ދެކޮޅު ހަދައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކައުންސިލަރުންގެ މުސާރައަށް 5،000 ރުފިޔާގެ އެލަވަންސެއް އިތުރުކުރުމަށް ހުށަހެޅި ހުށަހެޅުމަށް އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.

އޭނާ ހުށަހެޅުއްވީ ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުން އަދި މެންބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ރިއާޔަތްކޮށް، ކޮންމެ ކައުންސިލަރެއްގެ މުސާރައަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް އިތުރުކުރުމަށެވެ. ނަމަވެސް، މި ހުށަހެޅުމާ ގުޅިގެން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ

މިހާރު ކައުންސިލްތަކުގެ ރައީސުންނަށް 25500 ރުފިޔާ ލިބޭއިރު، ނައިބުންނަށް 20،000 ލިބެއެވެ. އަދި މެމްބަރުންނަށް 18،000 ރުފިޔާ އެވެ.

ކޮމެޓީން ގެެންނަށް ހުށައަޅާފައިވާ ކަރުދާހުގައި ވާގޮތުން 5000 ރުފިޔާގެ އެލަވަންސްއާއިއެކު ކައުންސިލް ރައީސްއަށް 30500 ލިބޭނެއެވެ. ނައިބުންނަށް 25000 ރުފިޔާ ލިބޭއިރު މެމްބަރުންނަށް ލިބޭނީ 23000 ރުފިޔާއެވެ.

އެމްޑީޕީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، އެ ހުށަހެޅުމަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިފަދަ ބޮޑު ޚަރަދެއް ދައުލަތުގެ ބަޖެޓުން ކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫނެވެ.

އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އިސްކަންދޭންޖެހޭ މި ދަނޑިވަޅުގައި، މުސާރަތައް ބޮޑުކުރަންވާނީ ޖުމްލަ ޕޭ ފްރޭމްވޯކްގެ ތެރެއިން ހަމަހަމަކަމާއެކު ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ. މި މައްސަލައިގައި ވާހަކަދައްކަވަމުން ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލަރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކާ އަޅާބަލާއިރު މިހާރު ލިބޭ އުޖޫރައަކީ އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ.

އެހެންކަމުން، އެ ބޭފުޅުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެލަވަންސެއް ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ކައުންސިލަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމާ ގުޅޭގޮތުން ކޮމިޓީގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، މިކަމާމެދު ގޮތެއް ނިންމުމަށް އިތުރަށް ދިރާސާކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި، މުސާރަތަކަށް ގެންނަ މިފަދަ ބަދަލުތަކަކީ އާންމުންގެ މެދުގައިވެސް ބޮޑެތި ބަހުސްތަކެއް އުފެދެމުންދާ ކަންކަމެވެ.