ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުވައްމުލައް ކައިރިން ދިޔަވަމުންދިޔަ މުދާ އުފުލާ ދޯންޏަކަށް ފުލުހުން އެހީތެރިވާން ފަށައިފި

ޏ. ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ސަޕްލައި ދޯންޏެއް / ފޮޓޯ: އެމްއެންޑީއެފް
ޏ. ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ސަޕްލައި ދޯންޏެއް / ފޮޓޯ: އެމްއެންޑީއެފް

ޏ. ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ސަޕްލައި ދޯންޏެއް ދިޔަވަމުންދާތީ، އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ދިޔަވަމުންދަނީ ރާސްތާ ނަމަކަށް ކިޔާ ދޯންޏެކެވެ. މިއުޅަނދު ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ ފުވައްމުލައް ސިޓީއާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުންނެވެ.

މި ހާދިސާގެ ރިޕޯޓް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ފުލުހުންނަށް ކޮށްފައިވަނީ މިއަދު މެންދުރުފަހު 15:08 ހާއިރުއެވެ.

މި އުޅަނދުން ދަތުރުކުރީ ހަތަރު ދިވެހިންނާއި ބިދޭސީއަކާއެކު ޖުމްލަ ފަސް މީހުންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ދިޔަވަމުންދާ އުޅަނދަށާއި އޭގައި ތިބި މީހުންނަށް ބޭނުންވާ ސަލާމަތީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންގެ ޓީމުން މިހާރު ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.