ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި
ޕާކިސްތާނަށް މިހާރު ކުރައްވަމުންދާ ރަސްމީ ދައުލަތުގެ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިން ވަނީ ހައިކޮމިޝަނުގައި މަސައްކަތްކުރާ ދިވެހި އަދި ބޭރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ހާލުއަހުވާލު އޮޅުންފިލުއްވާފައެވެ. އަދި ބޭރު ގައުމެއްގައި ތިބެގެން ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުގައި މުވައްޒަފުން ކުރަމުންދާ އިހުލާސްތެރި އަދި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރައްވާފައިވެއެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރާ މި ދަނޑިވަޅުގައި، ރައީސް މުޢިއްޒު ކުރައްވާ މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ މަތީ ފަންތީގެ ވެރިއަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
Ads by BMLމި ތިން ދުވަހުގެ ދައުލަތުގެ ދަތުރުފުޅުގައި، ރައީސް މުޢިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ، ތައުލީމީ، ސިއްހީ އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
