ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފި
ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުން އިތުރަށް ގަދަވުމުގެ ސަބަބުން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިރޭ ނެރުނު މޫސުމާ ބެހޭ ޚަބަރުގެ ޚުލާސާއެއްގައި ބުނެފައިވަނީ، އަރަބި ކަނޑުގެ ހުޅަނގު ދެކުނާއި ބަންގާޅު ބޮކްކާ މަތީގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުންނާއި، ބަންގާޅު ބޮކްކާގެ އިރުމަތީ މެދުތެރޭގައި އުފެދިފައިވާ އެނބުރުމެއްގެ ސަބަބުން ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުން ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.
🔗 ތަފްޞީލް ކިޔުމަށް: [ލިންކް]
https://twitter.com/MetMaldives/status/2112901393715704020
Ads by BMLމި ނިޒާމުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން ވާރޭވިލާ އުފެދުން އިތުރުވެ، އެ ވިލާތައް މިހާރު ދަނީ ރާއްޖެ މަތިން ދަތުރުކުރަމުންނެވެ. އެހެންކަމުން، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މީގެ އިތުރުން، މި ހިނގާ އޮކްޓޯބަރު މަހުގެ 22، 23، އަދި 24 ވަނަ ދުވަހު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ބެލެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭވުމަށާއި، ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އެ އިދާރާއިން ބާރުއަޅުއްވައެވެ.
Ads by MACL
