ބީއެމްއެލް އެޕުގައި ކުޑަ މައްސަލައެއް އުޅެދާނެ، އެކަމަކު ގިނައިރެއް ނުވާނެ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެހެން ކުރަންޖެހޭ ސިސްޓަމް މެއިންޓެނަންސް މަސައްކަތްތަކެއް ކުރިއަށްގެންދާތީ، އެ ބޭންކުގެ އޮންލައިން ޚިދުމަތްތަކުން ވަގުތީ ގޮތުން ކެނޑުން ފަދަ މައްސަލަތަކެއް ދިމާވެދާނެ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދޭ ގޮތުގައި، މެއިންޓެނަންސް މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ވެސް އިންޓަނެޓް ބޭންކިންގާއި އެހެނިހެން އޮންލައިން ޚިދުމަތްތައް މެދުނުކެނޑި ލިބެން ހުންނާނެއެވެ. ނަމަވެސް، މި ވަގުތުތަކުގައި ޚިދުމަތުގެ ސްޕީޑަށް ނުވަތަ ޕާފޯމަންސަށް ވަގުތީ އަސަރުތަކެއް ކުރުން އެކަށީގެންވެއެވެ.
ބޭންކުގެ ޓީމުތަކުން ދަނީ މި މެއިންޓެނަންސް މަސައްކަތްތައް ވީއެންމެ އަވަހަކަށް ނިންމާލުމަށްޓަކައި ކުރެވެން ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އަދި މި ވަގުތުކޮޅުގެ ތެރޭގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ބީއެމްއެލްއިން ވަނީ ނުހަނު އަސަރާއެކު މާފަށް އެދިފައެވެ.
Ads by BML
Ads by MACL
