ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ބާރަށުގައިގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

އަތޮޅުތަކުން: ބާރަށުގައިގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ހއ. ބާރަށުގައިގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސައިޓުގައި ފަސްއެޅުމުގެ (ބެކްފިލިންގ) މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢަކީ ބާރައިގެ ރައްޔިތުންނަށް ދީނީ އަދި އިޖުތިމާޢީ ގޮތުން ބޮޑު ލުޔެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު އިމާރާތްކުރުމުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އަޅާ މިސްކިތަކީ އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ފަދަ ޖާގަ ތަނަވަސް، ދީނީ ކަންކަމަށް ފަހިވާނެހެން ބިނާކުރެވޭ މިސްކިތެކެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މަޝްރޫޢުގެ ސައިޓުގައި މިހާރު ކުރިއަށްދާ ފަސްފުރުމުގެ މަސައްކަތްތައް ނިމުމުން އިމާރާތުގެ އަމަލީ އެހެނިހެން މަރުޙަލާގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެއެވެ. ޤައުމީ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖުތިމާޢީ އަދި ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ހިންގަމުންނެވެ.

މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތާއި ކުރިއެރުންތަކުގެ އެންމެ ފަހުގެ ތަފްޞީލު އެމްޓީސީސީގެ ޕޯޓަލް އިން ބަލައިލެވޭނެއެވެ.