ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ވ. ފެލިދޫ ހޮސްޕިޓަލް އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައް ކުރިއަށްދަނީ

އަތޮޅުތަކުން: ވ. ފެލިދޫ ހޮސްޕިޓަލް އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައް ކުރިއަށްދަނީ

ވ. ފެލިދޫގައި ތަރައްޤީކުރާ އާ ހޮސްޕިޓަލުގެ މައި އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މުހިންމު މަސައްކަތްތަކެއް ސައިޓުގައި މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ފެލިދޫ ހޮސްޕިޓަލް މަޝްރޫޢުގެ ސައިޓުގައި މިހާރު ކުރިއަށްދަނީ މައި އިމާރާތުގެ ފޫޓިންގްސް ޝަޓަރިންގް އަދި ރީއިންފޯސްމަންޓްގެ މަސައްކަތްތަކެވެ. މި މަސައްކަތްތަކަކީ އިމާރާތުގެ ފައުންޑޭޝަން ވަރުގަދަކޮށް، ރޭވުންތެރިކަމާއެކު ކުރިއަށްގެންދެވޭ އަސާސީ މަރުޙަލާގެ މަސައްކަތްތަކެކެވެ.

ވ. އަތޮޅުގެ ރައްޔިތުންނަށް ފެންވަރު Reކޮށް ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ އެ އަތޮޅުގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި އިމާރާތް ނިމުމުން ފެލިދޫގެ އިތުރުން އެ އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ލުއިފަސޭހަކަމާއެކު އެކަށީގެންވާ ސިއްޙީ ޚިދުމަތްތައް ލިބިގެންދާނެއެވެ.

ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތާއި ކުރިއެރުންތައް އެ ކުންފުނީގެ މަޝްރޫޢުތަކާ ބެހޭ ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށެވެ.