ސަމާލުވޭ، މާލެ ސަރަހައްދަށް އޮރެންޖް އެލާޓް!
މާލެ އަތޮޅާއި ވ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އޮރެންޖް ސަމާލު ނެރެފިއެވެ.
މިރޭ 22:30 އާ ހަމައަށް އޮރެންޖް ސަމާލު ނެރެފައިވާ އިރު، ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާތީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
https://twitter.com/MetMaldives/status/2112934835438407715
Ads by BMLމެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އޮރެންޖް ސަމާލު ނެރުމާ ގުޅިގެން ކަނޑުދަތުރުތައް ހުއްޓާލުމަށް ނުވަތަ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް މެޓް އޮފީހުން އިރުޝާދު ދެއެވެ. އަދި ވައިޖެހިގެން ވެއްޓިދާނެ ތަކެތި ރައްކާތެރިކުރުމަށާއި، ފެންބޮޑުވެދާނެ ތަންތަނުގައި ވެލިބަސްތާ ޖެހުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ.
އޮރެންޖް ސަމާލަކީ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ނުރައްކާތެރި ހާދިސާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވުމުން ނެރޭ ތިންވަނަ ދަރަޖައިގެ އިންޒާރެކެވެ.
Ads by MACL
