ވިއްސާރައިގެ ސަބަބުން ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކުލަބުގެ މެޗު ކެންސަލްކޮށްފި
މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބު ބައްދަލުކުރަން އޮތް މެޗު ކެންސަލްކޮށްފިއެވެ.
މެޗު އިންތިޒާމުކުރާ ފަރާތް އެފްއޭއެމް އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، މޫސުން ތަންނުދިނުމުގެ ސަބަބުން މި މެޗު މިވަގުތަށް ކުރިއަށް ގެންދެވެން ނެތުމުން ކެންސަލްކުރަން ނިންމީ ކަމަށެވެ. އަދި މިކަމާ ގުޅިގެން ސަޕޯޓަރުންނާއި ކަމާބެހޭ ހުރިހާ ފަރާތްތަކުން ދެއްވާ އެއްބާރުލުމާއި ދެއްކެވި ކެތްތެރިކަމަށް ޝުކުރު އަދާކުރާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން، މި މެޗު އަލުން ކުޅޭނެ ތާރީޚަކާއި ވަގުތެއް ފަހުން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށްވެސް އެފަރާތުން ވަނީ ހާމަކޮށްފައެވެ.
Ads by BML
Ads by MACL
