30 ރުފިޔާގެ އުރީދޫ ސިމްކާޑެއް ނެގުމަށް، ރައްޔިތު މީހާ އަތުން 1000 ރުފިޔާ ހަރަދަށް!
ދިމާވި މައްސަލައެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. ދިމާވާ މިކަހަލަ މައްސަލަތަކުގެ ވާހަކަ ތިލަކޮށްލުމަށް އޮންނަ ޕްލެޓް ފޯމްތަކަކީ ސޯޝަލް މީޑިއާގެ ވަސީލަތްތަކެވެ.
ދެކުނު ރަށެއްގެ އާންމު ރައްޔިތެއްގެ ނަމުގައިވާ އުރީދޫ ސިމްކާޑެއްގެ ހިދުމަތް މެދުކެނޑި މި ސިމްކާޑެއް ނެގުމުގެ މަސައްކަތް ކުރާތާ ހަފްތާއެއް ދުވަސް ވެއްޖެކަމަށް މައުލޫމާތު ވަނީ ދީފައެވެ.
މި ފަރާތުން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތުގައި އުރީދޫ ކަސްޓަމާ ސާވިސްއަށް ވެސް އެތައް ފަހަރަކު ފޯނު ކުރެވިއްޖެ ކަމަށް ބުންޏެވެ. އުރީދޫން ދިން މައުލޫމާތުގެ މައްޗަށް ބުރަވެ އެފަރާތުން މި ސިމް ކާޑު ނެގުމަށް ގާތްގަޑަކަށް 1000 ރުފިޔާ ހަރަދު ކުރަންޖެހޭ ކަމަށްވަނީ ބުނެފައެވެ.
Ads by BMLއެރަށުގައި އުރީދޫ އެޖެންޓް ހިދުމަތް ދިންކަމުގައި ވިޔަސް ސިމްކާޑެއް ނެގޭކަށްނެތެވެ.
އޮންލައިންކޮށް ރާއްޖޭގައި ހުރިހާ ކަމެއް ކުރުމަށް މަގުފަހިވެފައިވާ އިރު އޫރީދޫން މިފަދަ ސިމްކާޑެއް ނެގުމަށް މިހާ އުނދަގޫ ހާލަތެއް އައުމުން އެފަރާތުން ވަނީ ނުރުހުން އަމާޒުކޮށްފައެވެ.
Ads by MACL
