ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ގުރުގުރާނެތީ ހުދު ސަމާލު ނެރެފި
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހުމާއެކު ގގުރާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފިއެވެ. މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ކުރިއަށް އޮތް ގަޑިތަކުގައި މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ އިރުޝާދާއެކުގައެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އެލާޓްގެ މުއްދަތުގައި ހިމެނޭ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ވައިގަދަވެ، ކަނޑުތައް ވެސް އާދައިގެ ވަރަކަށް ވުރެ ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވަމުންދާ ދުވަސްވަރަކަށް ވާތީ، ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ނުވަތަ ވިއްސާރައިގެ އަސަރު ބޮޑުވާނެ ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
🔗 ތަފްޞީލް ކިޔުމަށް: [ލިންކް]
https://twitter.com/MetMaldives/status/2113189982458495187
Ads by BML
މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ގައުމީ ދިފާއީ ބާރު އާއި ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް ވެސް ވަނީ އަންގާފައެވެ. މީގެއިތުރުން، ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާތީ، ގެތަކަށް ފެން ނުވަންނާނެ ފަދަ ފިޔަވަޅުތައް ދުރާލާ އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ވެސް ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ
Ads by MACL
