ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސްގެ ދެމަފިރިކަނބަލުން ޕާކިސްތާން މޮނިއުމަންޓަށް ޒިޔާރަތްކުރައްވައިފި

ރައީސްގެ ދެމަފިރިކަނބަލުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސްގެ ދެމަފިރިކަނބަލުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، އިސްލާމްއާބާދުގައި ހުންނަ އެ ޤައުމުގެ ޤައުމީ ބިނާ "ޕާކިސްތާން މޮނިއުމަންޓް" އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތްޕުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިން ވަނީ އެ ބިނާ ބައްލަވާލައްވައި، ޕާކިސްތާނުގެ އެއްބައިވަންތަކަމާއި، ތާރީޚާއި، އަދި ސަގާފީ ތަރިކަ ރަމްޒުކޮށްދޭ މި މޮނިއުމަންޓުގެ މުހިންމުކަމާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ކުރައްވާ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދެ ޤައުމުގެ ސަރުކާރުންވެސް ޤަބޫލުކުރެއެވެ.