ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާޓިފިޝަލް އިންޓެލިޖެންސްގެ ނުރައްކާ ހުއްޓުވަން ކުރެވޭނެ ކަމެއް ނެތް: އިލޮން މަސްކް

އާޓިފިޝަލް އިންޓެލިޖެންސްގެ ނުރައްކާ ހުއްޓުވަން ކުރެވޭނެ ކަމެއް ނެތް: އިލޮން މަސްކް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އިންސާނިއްޔަތުގެ ވުޖޫދަށް ކުރިމަތިވެދާނެ ނުރައްކާތައް ހުއްޓުވުމަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް މަޝްހޫރު ބިލިއަނަރު އިލޮން މަސްކް ބުނެފިއެވެ.

"ދި ބިލްޑާސް" ޕޮޑްކާސްޓްގައި ވާހަކަދައްކަމުން މަސްކް ބުނީ، އޭއައިގެ ކުރިއެރުމާ މެދު މިހާރު އޮތީ ދެ އިޚްތިޔާރެއް ކަމަށެވެ. އެއީ އެ ކަމުގައި ބައިވެރިވާ މީހަކަށްވުން ނުވަތަ ހަމައެކަނި ބަލަން ހުންނަ ބެލުންތެރިއަކަށްވުމެވެ.

ބެލުންތެރިއެއްގެ ގޮތުގައި ހުރުމަށްވުރެ އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވުން މާ ޝައުގުވެރި ކަމަށް މަސްކް ފާހަގަކުރިއެވެ. އަދި އަމަލީ ގޮތުން ބައިވެރިވެގެން، އޭއައިގެ މިސްރާބު ރަނގަޅު ނަތީޖާއަކާ ދިމާއަށް ބައްޓަންކުރުމަށް މަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ.

އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ މެދު މަސްކް މީގެ ކުރިންވެސް އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ނަމަވެސް މި ދާއިރާ ހަލުވިކަމާއެކު ކުރިއަރަމުންދާއިރު، އޭގެ ނުރައްކާ ކުޑަކުރެވޭނީ އޭގެ ތެރެއަށް ވަދެ، އެކަން ހެޔޮ ގޮތުގައި ބައްޓަންކުރަން މަސައްކަތް ކޮށްގެން ކަމަށް އޭނާ ގަބޫލުކުރެއެވެ.