ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލޭގައި ފެންބޮޑުވެ، ސިފައިން ވެލިބަސްތާ ޖަހަން ފަށައިފި

މާލޭ މަގުތަކުގައި ފެންބޮޑުވުން / ފޮޓޯ: އެމްއެންޑީއެފް
މާލޭ މަގުތަކުގައި ފެންބޮޑުވުން / ފޮޓޯ: އެމްއެންޑީއެފް

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، މަގުތަކުގައި ބޮޑުވެފައިވާ ފެނުގެ ސަބަބުން ޢިމާރާތްތަކަށާއި ގެދޮރަށް ފެން ވަނުން ހުއްޓުވުމަށްޓަކައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

މިގޮތުން، ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައާއި، ގެތަކުގެ ކުރިމަތީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިފައިން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި، މި ޙަރަކާތަކީ ޢާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކުރުމަށްޓަކައި އެޅޭ އަވަސް ފިޔަވަޅެކެވެ.

މާލޭގެ މަގުތަކުން ފެން ހިންދުމަށްޓަކައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްވެސް ކަމާބެހޭ އިދާރާތަކާ ގުޅިގެން ސިފައިން ދަނީ ކުރަމުންނެވެ.