ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ޑރ. މުޢިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސް ޒަރްދާރީ ރަސްމީ ޖާފަތެއް ދެއްވައިފި

ރައީސް ޑރ. މުޢިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސް ޒަރްދާރީ ދެއްވި ރަސްމީ ޖާފަތުގެ ތެރެއިން / ފޮޓޯ: މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢިރުތިޝާމް އާދަމް
ރައީސް ޑރ. މުޢިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސް ޒަރްދާރީ ދެއްވި ރަސްމީ ޖާފަތުގެ ތެރެއިން / ފޮޓޯ: މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢިރުތިޝާމް އާދަމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ ބޭއްވެވި ރަސްމީ ޖާފަތުގައި ރައީސްގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދުން ބައިވެރިވެވަޑައިގެންފިއެވެ.

މި ޖާފަތަކީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމާއި ގާތް ބައިވެރިވުން ރަމްޒުކޮށްދިން، އަދި ދެ ޤައުމުގެ ގުޅުން އާ ހިސާބަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރެވިގެންދިޔަ ބައްދަލުވުމެކެވެ.

🔗 ތަފްޞީލް ކިޔުމަށް: [ލިންކް]


https://twitter.com/IruthishamAdam/status/2113260210689318928

މި ރަސްމިއްޔާތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ތަފާތު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ދެ ޤައުމުގެ ވެރިން ވަނީ ފާޅުކުރައްވާފައެވެ.