މާލޭގެ މަގުތައް ހެދުމުގެ ފިޔަވަހި 3 ގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް!
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫޢުގެ ފިޔަވަހި 3 ގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ސެގްމެންޓް 2 ގެ ދަށުން މިހާރު މަގުތަކުގައި ހުރި ގައުތައް ނެގުމުގެ މަސައްކަތް ރަސްފަންނު ސަރަޙައްދާ ހަމައަށް މިހާރު ވަނީ ގެންގޮސްފައެވެ.
🔗 ތަފްޞީލް ކިޔުމަށް: [ލިންކް]
https://twitter.com/MTCCPlc/status/2113283999103869023
Ads by BMLމީގެ އިތުރުން، ސެގްމެންޓް 1 ގެ ދަށުން ކުރަންޖެހޭ މަސައްކަތްތައްވެސް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. އެގޮތުން ކޭބަލް އެޅުމަށް ޝަޓަރިންގް ކުރުމުގެ މަސައްކަތްތަކާއި، ޔުޓިލިޓީ ހޮޅިތައް ވަޅުލުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، ކޭބަލް ޓްރެންޗްތަކުގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި މަޝްރޫޢު ނިމުމުން މާލޭގެ މަގުތަކުގެ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ދަތުރުފަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ އަދި އަމާން މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
Ads by MACL
