ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮންގްރެސް ކޯލިޝަންގެ ސިލްސިލާ ބައްދަލުވުންތައް މާލޭގައި ފަށައިފި

ކޮންގްރެސް ކޯލިޝަންގެ ސިލްސިލާ ބައްދަލުވުންތައް މާލޭގައި ފަށައިފި

ވެރިކަންކުރާ ކޮންގްރެސް ކޯލިޝަންގެ ދަތުރުތައް އަތޮޅުތެރެއަށް ފެށުމާއިއެކު މާލޭގައި ރަށްރަށުގެ އިސްފަރާތްތަކާއިއެކު ސިލްސިލާ ބައްދަލުވުންތައް ފަށައިފިއެވެ.

އަތޮޅު ތެރޭގެ ސިޔާސީ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ކޮންގްރެސް ކޯލިޝަންގެ ފަރާތުން މިހާރު ވަނީ އަތޮޅުތެރެއަށް ދަތުރު ފަށައި ޕާޓީގެ އާންމު މެމްބަރުންނާއި ބައްދަލުކުރައްވަމުންނެވެ.

އަތޮޅުތެރޭގެ ދަތުރާއި އެއްވަރަށް މާލޭގައިވެސް މިހާރުދަނީ ސިލްސިލާ ގޮތެއްގައި ރަށްރަށުގެ އިސްފަރާތްތަކާއި ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން ކޮންމެ ރެއަކުވެސް ޕާޓީގެ މައި އޮފީހުގައި އެކިއެކި ރަށްރަށުގެ ބޭފުޅުންނާއި ބައްދަލުވުންތައް ބާއްވަމުންނެވެ.

އެގޮތުން ޕާޓީގެ ލީޑަރޝިޕް ހިމެނޭހެން ކޮންމެ ހަފްތާއަކުވެސް ދަނީ އަތޮޅު ތެރޭގައި ހަރަކާތްތެރިވަމުންނެވެ. މި ހަރަކާތްތަކުގެ އެންމެ ބޮޑު ބޭނުމަކީ އަތޮޅު ތެރޭގައި ޕާޓީގެ މަސައްކަތްތައް ފުޅާ ކުރުމާއި، ދިމާވާ ގޮންޖެހުންތައް ދެނެގަނެ ސަރުކާރުގެ ވައުދު ފުއްދުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ދެނެގަތުން ކަމަށެވެ.