ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ފިޔޯރީ ބިން ހިއްކުމާއި ބަނދަރު ފުންކުރުން 90% ނިމިއްޖެ، ޑިސެމްބަރ ނިޔަލަށް ޝީޓްޕައިލް ކޮށް ނިމޭނެ!

އަތޮޅުތަކުން: ފިޔޯރީ ބިން ހިއްކުމާއި ބަނދަރު ފުންކުރުން 90% ނިމިއްޖެ، ޑިސެމްބަރ ނިޔަލަށް ޝީޓްޕައިލް ކޮށް ނިމޭނެ!

ގދ. ފިޔޯރީ ފިޝަރީޒް ހާބަރ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދާ ބަނދަރު ފުންކުރުމާއި ބިންހިއްކުމުގެ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގައި ދެން އެންމެ އަވަހަށް ކުރިއަށްދާނީ ޝީޓްޕައިލް ކުރުމުގެ މަސައްކަތާއި ބޮޑުހިލަ ޖެހުމުގެ މަސައްކަތް ކަމަށް ސަން އިންޓަނޭޝަނަލްއިން މައުލާތުއެވެ.

މިއާއެކު، ޝީޓްޕައިލް ކުރުމުގެ މަސައްކަތަށް ބޭނުންވާ ހުރިހާ މެޓީރިއަލްއެއް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ.

ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ނިޔަލަށް ޝީޓްޕައިލް ކުރުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވޭނެއެވެ.

ސަން އިންޓަނޭޝަނަލްއާއި އިން ކުރިއަށްގެންދާ މި މަޝްރޫޢަކީ ފިޔޯރީގެ މަސްވެރިންނާއި އޮޑިވެރިންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެއްކޮށް ނިމުމުން، ފިޔޯރީގެ ބަނދަރުގެ ޖާގަ ބޮޑުވެ، ބޮޑެތި އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ފަސޭހައިން ބަނދަރު ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.