ރަސްމާލެ މަޝްރޫޢު: ދިވެހިންގެ ޒަމާންވީ ދަތިތަކަށް ދާއިމީ ޙައްލެއް!
ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމާއި އިޤްތިޞާދީ ކުރިމަގު ބަދަލުކޮށްލުމަށް ސަރުކާރުން ފަށްގަނޑު ނަންގަވާފައިވާ "ރަސްމާލެ" މަޝްރޫޢަކީ، ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި އިޖުތިމާޢީ އަދި އިޤްތިޞާދީ ދަތިތަކުން ސަލާމަތްވުމަށް ހުޅުވިގެންދާ އުންމީދީ ދޮރެކެވެ.
ޚާއްޞަކޮށް، މާލޭ ސަރަޙައްދުގެ ތޮއްޖެހުމާއި، ކުލީގެ ބޮޑުތަކުލީފާއި، ބޯހިޔާވަހިކަމުގެ ދަތިކަމަށް މިއީ ލިބިގެންދާނެ ދާއިމީ އަދި އެންމެ ފުރިހަމަ ޙައްލެވެ. ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސޮއިކުރެވުނު ބިޔަ މަޝްރޫޢާއެކު ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ފުދުންތެރި، ހިތްފަސޭހަ މުޖުތަމަޢެއް ބިނާވެގެންދާނެ ކަމަށް ގިނަ ބަޔަކު އިއްތިފާޤުވެއެވެ.
މާލޭ ސަރަޙައްދަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައާއި، އަތްނުފޯރާ ފަށުގައި ހުރި ގޭގެ ކުލީގެ ބޮޑު ތަކުލީފަކީ އެތައް ޖީލެއްގެ ދިވެހިން ތަޙައްމަލު ކުރަމުންދާ އެންމެ ބޮޑު ހިތްދަތިކަމެވެ. ރަސްމާލެ ތަރައްޤީވެގެންދާއިރު، މި ޒަމާންވީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބި، ކޮންމެ ދިވެހި ޢާއިލާއަކަށްވެސް އަމާން އަދި ހިތްފަސޭހަ މާޙައުލެއްގައި ދިރިއުޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
Ads by BMLމި މަޝްރޫޢަކީ ހަމައެކަނި ބޯހިޔާވަހިކަމުގެ ސަރަޙައްދެއްގެ އިތުރުން، ތިމާވެއްޓާ ރައްޓެހި 'އެކޯ-ސިޓީ' އެއްގެ ގޮތުގައި ތަރައްޤީކުރެވޭ ތަނެކެވެ. މީގެ ސަބަބުން ދިވެހިންނަށް ޒަމާނީ ވަސީލަތްތަކާއެކު ދިރިއުޅުމުގެ އައު ފުރުޞަތުތަކެއް ހުޅުވި، ވަޒީފާއާއި އިޤްތިޞާދީ ކުރިއެރުމަށް ބޮޑެތި ދޮރުތަކެއް ހުޅުވިގެންދާނެއެވެ.
ދިވެހިންގެ ދަތިތައް ފިލުވައިދީ، ފުދުންތެރި އަދި ބާއްޖަވެރި މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތަކީ ދިވެހި ޤައުމުގެ ކުރިމަގު ބަދަލުކޮށްލާނެ އުންމީދީ ފެށުމެކެވެ.
Ads by MACL
