ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިލިމާލޭގެ ތަރައްގީއާއި ގުޅޭ މުހިންމު މަޝްވަރާތަކުގައި ރައްޔިތުންނާއިއެކު ކުންފުނިތަކުގެ ވެރިން!

ވިލިމާލޭގެ ތަރައްގީއާއި ގުޅޭ މުހިންމު މަޝްވަރާތަކުގައި ރައްޔިތުންނާއިއެކު ކުންފުނިތަކުގެ ވެރިން!

ވިލިމާލޭގެ ތަރައްގީއާއި ގުޅޭ މުހިންމު ސިލްސިލާ މަޝްވަރާތަކުގައި ރައްޔިތުންނާއިއެކު ދާއިރާގެ މެމްބަރު އަދި ކުންފުނިތަކުގެ ވެރިން ބައިވެރިވަޑައިގެންފިއެވެ.

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ވިލިމާލޭގެ ތަރައްގީގެ މަޝްރޫއުތަކާއި، އަދި ކުންފުނިތަކާއި ގުޅުންހުރި ކަންކަމުގައި ރައްޔިތުންނާއިއެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުވުކުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ސްޓެލްކޯގެ އެމްޑީ އާއި އެމްޑަބްލިއުއެސްސީގެ އެމްޑީ މަތީންގެ އިތުރުން އެމްޓީސީސީގެ ސީއީއޯއެވެ. އަދި ވެމްކޯ، މޯލްޑިވްސް ގޭސް އިންވެސް ވަމީ ބައިވެރިވެފައެވެ. މިއީ އެދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިސްނެންގެވުމާއިއެކު ސިލްސިލާ ގޮތެެއްގައި ކުރިއަށް ގެންދާ ބައްދަލުވުންތަކެވެ.

މީގެ އިތުރުން ކުންފުނިތަކުން ދެމުންދާ ހިދުމަތްތަކާއި އަދި މަޝްރޫއުތަކާއި ގުޅޭގޮތުންވެސް ދެފަރާތުންވަނީ މުހިންމު ހިޔާލުތަކެއް ބަދަލުކުރައްވާފައެވެ.

އަދި ރައްޔިތުންގެ ކަންބޮޑުވުމާއި ހިޔާލުތަކާއިއެކު ހުރިހާ މަސައްކަތްތަކެއް ރާވައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ކުންފުނިތަކުގެ ވެރިންވަނީ ދެއްވާފައެވެ.

މީގެ އިތުރުން މެމްބަރު މުހައްމަދު އިސްމައިލް ވިދާޅުވީ ވިލިމާލޭގެ ތަރައްގީއާއި، އަސާސީ ހިދުމަތްތައް ފޯރުކޮށްދެވެނީ އެންމެ ރަނގަޅަށްތޯ ކަށަވަރުކުރައްވާ ކަމަށެވެ. އަދި އެއްވެސް ދިމާލަކުން ގޯހެއްވާނަމަ ސަރުކާރުގެ ތެރެއިން ނުވަތަ ކަމާއި ގުޅުންހުރި ކުންފުނިތަކާއި ވާހަކަދައްކައިގެން ކަންކަން ރަނގަޅު ކުރައްވާނޭ ކަމަށެވެ.

މި ބައްދަލުވުމުގައި ވިލިމާލޭގެ މުވައްސަސާތަކުގެ ވެރިންނާއި އާންމުން ވަނީ ބައިވެރިވެފައެވެ.