ޔާޔާ ނަބީލު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ޓިކްޓޮކްގައި މަޝްހޫރުވި އަދި އެކި ފަހަރު މަތިން ބަރަހަނާގެ މައްސަލަތަކުގައި ހައްޔަރު ކުރި ޔާޔާ ނަބީލު އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި ހުކްމް އިއްވާފައި ވަނީ އިއްޔެ ކްރިމިނަލް ކޯޓުގައެވެ. މިއީ މަސްތުވާތަކެތި ހިމެނޭ މައްސަލައެއް ކަމުން ޔާޔާ ނަބީލުއަށް ވަނީ އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއްވެސް ދައްކަން ހުކުމް ކޮށްފައެވެ.
މީގެ ކުރިން ޔާޔާ ނަބީލު ވަނީ ބަރަހަނާ ކާޑު ގެންގުޅުނު މައްސަލައިގައި ޖަލަށްވެސް ލާފައެވެ.
ޔާޔާ ޓިކްޓޮކްގައި ބޭއަދަބީ އަމަލުތައް ހިންގައި އެފަދަ ކަންކަން ފަތުރަމުން ގެންދާ މައްސަލައިގައި ފިޔަވަޅެއް ނާޅާ ކަމަށް ބުނެ އާންމުންގެ ޝަކުވާ އަބަދުވެސް ބޮޑެވެ.
Ads by BML
Ads by MACL
