ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗު 352 ޒުވާނުންނާއެކު ފަށައިފި

ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗު 352 ޒުވާނުންނާއެކު ފަށައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކުން ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ޒުވާނުންނާއި 64 އަންހެން ޒުވާނުންނެވެ.

https://twitter.com/MMuizzu/status/2113850056084480321

މި ތަމްރީނު ފެށުމާ ގުޅިގެން ރައީސް މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ސާބިތުކަމާއެކު މަސައްކަތްކޮށް ޕްރޮގްރާމް ފުރިހަމަކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް އެޅޭ ހަރުދަނާ ބިންގަލެއް ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.