އަނެއްކާވެސް ސަރުކާރާއި ދެކޮޅު ފަރާތްތަކުގެ ދޮގު ތުހުމަތެއް، އާ ޓާމިނަލް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތު ޔަހޫދީންނަށް ވާގިވެރިވާ ބަޔަކަށް ނުދޭ!
ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހަވާ އެރުވުމަށް ޔަހޫދީންނަށް ވާގިވެރިވާ ކުންފުންޏަކާއި ހަވާލުކޮށްފައިވާކަމަށް ދެކެވޭ ވާހަކަ އެމްއޭސީއެލް އިން ދޮގުކުރައްވައިފިއެވެ.
ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް އެ އެއަރޕޯޓު ހިންގާ އެމްއޭސީއެލްއިން ދަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އޭގެ ތެރެއިން ހަވާއެރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު މިހަރަކާތް ކުރިއަށް ގެންދަން ހަވާލުކޮށްފައިވަނީ ޔަހޫދީ ދައުލަތައް ވާގިވެރިވާ ކުންފުންޏަކާއި ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އެ ވާހަކަތައް ދޮގުކުރައްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްޢާން ވިދާޅުވީ، އިސްރާއީލަށް ވާގިވެރިވާ އެއްވެސް ކުންފުންޏަކާއި އެކުންފުނިން މުޢާމަލާތް ކުރަމުން ނުދާކަމަށާއި އެފަދަ މުޢާމަލާތެއްވެސް ކޮށްފައިނުވާނެ ކަމަށެވެ.
Ads by BMLލަމްޢާން ވިދާޅުވީ އައު ޓާމިނަލް ހުޅުވުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ހަވާއެރުވުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި އެކަން ކުރާނީ މިފަދަ ކަންކަން ކުރުމުގައި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ކުންފުންޏަކުން ކަމަށާއި އެ ހަރަކާތް ކުރިއަށްދާނީ އެމްއެންޑީއެފްއާއި ގުޅިގެންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިމަހުގެ 26 ވަނަ ދުވަހު އައު ޓާމިނަލް ހުޅުވާއިރު، މިހާރު ކުރިއަށްދަނީ އެ ޓާމިނަލް ހުޅުވުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. މި ޓާމިނަލަކީ އަހަރަކު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.
Ads by MACL
