ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލަންކާއިން ރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

	ސްރީލަންކާއިން ރާއްޖެއަށް ބޭސް ހަދިޔާކުރުމުގެ ރަސްމިއްޔާތު / ފޮޓޯ ކްރެޑިޓ: ލަންކާގެ ހެލްތު މިނިސްޓްރީ
ސްރީލަންކާއިން ރާއްޖެއަށް ބޭސް ހަދިޔާކުރުމުގެ ރަސްމިއްޔާތު / ފޮޓޯ ކްރެޑިޓ: ލަންކާގެ ހެލްތު މިނިސްޓްރީ

ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް މިއަދު ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައެވެ. ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެހީއަކީ ރާއްޖޭގެ ހެލްތު މިނިސްޓަރު ޝީލާ އަލީ އެދިވަޑައިގަތުމަކަށް ލަންކާ ސަރުކާރުން ފޯރުކޮށްދީފައިވާ އެހީއެކެވެ.

މި ބޭސްތައް ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ލަންކާގެ ސިއްހީ ވަޒީރު ޑރ. ނަލިންދަ ޖަޔަތިއްސައެވެ. ރާއްޖޭގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދުއެވެ.
މި އެހީ ފޯރުކޮށްދިނުމުގައި ލަންކާގެ މެޑިކަލް ސަޕްލައިޒް ޑިވިޝަނާއި، ސްޓޭޓް ފާމަސޫޓިކަލް މެނުފެކްޗަރިން ކޯޕަރޭޝަންގެ އިތުރުން އެ ގައުމުގެ ޗޭމްބަރު އޮފް ފާމަސޫޓިކަލް އިންޑަސްޓްރީން ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް ލަންކާގެ މީޑިއާތަކުން ފާހަގަކުރެއެވެ.

މި ދީލަތި އެހީއާ ގުޅިގެން ސަފީރު މަސްއޫދު އިމާދު ވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކައަށާއި ލަންކާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ