ތިނަދޫ ސިޓީން 9 މީހަކު ހައްޔަރަށް، ފުލުހުންގެ ހާއްސަ ޓީމެއް ދަނީ ހަރަކާތްތެރިވަމުން!
އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިނަދޫ ސިޓީން 9 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ވަނީ ފާހަގަކުރެވިފައި ކަމަށް ދިވެހި ފުލުހުން ވަނީ ބުނެފައެވެ.
މި ތުހުމަތުތަކާ ގުޅިގެން، މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށާއި މިކަމަށް ހާއްސަ ޓީމެއް މިހާރު ތިނަދޫ ސިޓީގައި ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
Ads by BMLއިތުރު ތަފްސީލް….
Ads by MACL
