ކިއުބާގެ ސަރުކާރު ވައްޓާލަން ސީއައިއޭއާ ގުޅުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ގޮވާލައްވައިފި
ކިއުބާގައި އޮތް ކޮމިއުނިސްޓް ސަރުކާރު ނިމުމަކަށް ގެނައުމަށްޓަކައި، އެ ގައުމުގައި ސިޔާސީ ބަދަލުތަކަކަށް އެދޭ ރައްޔިތުން އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އާ ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ގޮވާލައްވައިފިއެވެ.
މާކޯ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކިއުބާގައި އޮތް ކޮރަޕްޝަނާއި، ފުދިގެން އުޅޭ މަދު ބައެއްގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ މާޔޫސްކަމުން ސަލާމަތްވުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ. އަދި ބޭނުންވާ ބަދަލު ގެނައުމަށްޓަކައި ސީއައިއޭއާއެކު ސިއްރު ބައިވެރިވުމެއް އުފެއްދުމުގެ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ ވަނީ އަށް ހިތްވަރު ދެއްވާފައެވެ.
އެމެރިކާގެ މި ގޮވާލުމާ ގުޅިގެން ކިއުބާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާލޮސް ފެނާންޑޭޒް ދެ ކޮސިއޯ ވަނީ ރައްދު ދެއްވައި ވަރަށް ބޮޑަށް މަލާމާތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެމެރިކާއިން މިހާރު ސީއައިއޭއަށް މީހުން ހޯދަން އާންމުކޮށް އިޢުލާން ކުރަން ޖެހުމަކީ އެ އެޖެންސީގެ ނާއުންމީދާއި ނިކަމެތިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. ސީއައިއޭއިން ވަނީ ކިއުބާގެ ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރާނެ ގޮތުގެ އިރުޝާދު ދޭ ވީޑިއޯއެއްވެސް ސްޕެނިޝް ބަހުން ނެރެފައެވެ.
Ads by BMLމި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ ކުރީކޮޅު އެމެރިކާއިން ކިއުބާއާ ދެކޮޅަށް އެޅި ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކިއުބާގެ ރައްޔިތުންނަށް ކަރަންޓު ކެނޑުމާއި ތެލުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އދ. ގެ މާހިރުން ވަނީ މި ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއްގެ ގޮތުގައި ކުށްވެރިކޮށްފައެވެ. މި ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހު އެމެރިކާގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި، ވެނެޒުއޭލާގެ އޭރުގެ ރައީސް ނިކޮލަސް މަޑޫރޯ އަތުލައިގަތުމަށް ފަހުގައެވެ.
Ads by MACL
