އައު ޖަނަރޭޓަރާއެކު ހޯރަފުށީގެ ކަރަންޓު ކެޕޭސިޓީ 3.3 މެގަވޮޓަށް އިތުރުކޮށްފި
ހޯރަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ރަށުގައި އަލަށް ބެހެއްޓި 1 މެގަވޮޓް (1000 ކިލޯވޮޓް) ގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ސްޓެލްކޯއިން ބޭނުންކުރަން ފެށި މި އައު އިންޖީނާއެކު، ގާތްގަނޑަކަށް 3،500 މީހުންގެ އާބާދީއެއް އޮންނަ ހޯރަފުށީގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ މިހާރު ވަނީ 3.3 މެގަވޮޓަށް ބޮޑުވެފައެވެ. މި އައު ޖެންސެޓް ގެނައުމުގެ ކުރިން އެ ރަށު އިންޖީނުގެއިން އުފެއްދެނީ 2720 ކިލޯވޮޓްގެ ކަރަންޓެވެ. މި އައު ޖަނަރޭޓަރަކީ ރަށުގެ ތަރައްޤީއާއެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން މިއަހަރުގެ އޮގަސްޓު މަހު އެ ރަށަށް ގެންދެވުނު ޖަނަރޭޓަރެކެވެ.
ފެނަކަ ކޯޕަރޭޝަނުން ޚިދުމަތްދެމުންދިޔަ ހުރިހާ އިންޖީނުގެތަކަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުމަށްފަހު ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ސަބަބުން، ހޯރަފުށީގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ލިބި، ރަށުގެ ތަރައްޤީއަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
Ads by BML
Ads by MACL
