ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެސް.އޯ.އީ ގިންތިން ވެމްކޯއަށް 2 ވަނަ: ކުންފުންޏަށް ބޮޑު ޝަރަފެއް!

މޯލްޑިވްސް އެކްސްޕޯ 2026 ގެ އެސްއޯއީ ގިންތިން ވެމްކޯއަށް ލިބުނު 2 ވަނަ އެވޯޑް / ފޮޓޯ ކްރެޑިޓް: ވެމްކޯ
މޯލްޑިވްސް އެކްސްޕޯ 2026 ގެ އެސްއޯއީ ގިންތިން ވެމްކޯއަށް ލިބުނު 2 ވަނަ އެވޯޑް / ފޮޓޯ ކްރެޑިޓް: ވެމްކޯ

ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯ 2026 ގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ގިންތިން 2 ވަނަ ހާސިލުކޮށް، ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޮއަކާއެކު އެ ކުންފުނިން ބުނެފައިވަނީ އެއީ ވެމްކޯ ކަމަށާއި، މި ޝަރަފުވެރި އެވޯޑު ވެމްކޯއާ ހަވާލުކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރުއެވެ. ވެމްކޯގެ ފަރާތުން މި އެވޯޑާ ހަވާލުވެލެއްވީ ކުންފުނީގެ މަންދޫބެވެ.

އެވޯޑާ ހަވާލުވުމަށްފަހު ވެމްކޯއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ އެންމެ ބޮޑު އުފެއްދުންތެރިކަމުގެ މައުރަޒުގެ މިފަދަ ވާދަވެރި ގިންތިއަކުން ދެވަނަ މަގާމު ލިބުމަކީ މުޅި ކުންފުންޏަށާއި ޓީމަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އަދި މި ކާމިޔާބީއަކީ ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތާއި، ތިމާވެއްޓާ ރައްޓެހި އީޖާދީ ވިސްނުންތައް ކުރިއެރުވުމަށް ދެއްވި ސަމާލުކަމުގެ ނަތީޖާކަން ފާހަގަކޮށް، މުޅި ޓީމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އިޤުތިޞާދީ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މިއަހަރުގެ އެކްސްޕޯއަކީ ރާއްޖޭގެ ތާރީޚުގައިވެސް ބޭއްވޭ އެންމެ ބޮޑު މައުރަޒެވެ