ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ރައީސް ގޮވައިލައްވައިފި
ތަޙުޒީބީ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، ރައީސް މިހެން ވިދާޅުވީ ދިވެހި އުފެއްދުންތެރިކަމާއި އަމިއްލަ މަސައްކަތްތެރިކަން ކުރިއެރުވުމަށް ބާއްވާ "މޯލްޑިވްސް އެކްސްޕޯ 2026" (މައުރަޒު 26) ގެ ހަރަކާތްތަކާ ގުޅުވައިގެންނެވެ. މުޖުތަމަޢުގެ އެއްވެސް ފަރާތެއް ބާކީނުކޮށް، ހުރިހާ އެންމެންނަށް ހަމަހަމަކަމާއެކު ކުރިއަށްދިއުމުގެ މަގު ފަހިކޮށްދިނުމަކީ ޤައުމީ ތަރައްޤީއަށް ނުހަނު ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި އުފެއްދުންތެރިކަމާއި އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރުތައް ދައްކާލުމާއި، އެކުދިންނަކީ މުޖުތަމަޢުގައި ބާރުވެރި ބަޔަކަށް ހެދުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Ads by BML
Ads by MACL
