ށ. ފުނަދޫ ބަނދަރުގައި ހުރި ޕެޓްރޯލް ޝެޑް ރޯވެއްޖެ!
ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ވަރަށް ބޮޑަށް ށ. ފުނަދޫ ރޯވެ، ނުރައްކާތެރި ގޮތަކަށް ދަނީ އަނދަމުންނެވެ.
މީގެ އިރުކޮޅެއް ކުރިން ހިނގި މި ހާދިސާގައި، އަލިފާންގަނޑު ކޮންޓްރޯލްއިން ނެއްޓި، ޕެޓްރޯލް ޝެޑްގައި ހުރި ތެލުގެ ބާވަތްތަކާއެކު ދަނީ ހޯސްލާފައި އަނދަމުންނެވެ. އަލިފާނުގެ ހޫނުގަދަކަމާއި އޭގެ ސަބަބުން އުފެދެމުންދާ ކަޅު ބޯ ދުންގަނޑު މުޅި ރަށު ތެރެއަށް ފެތުރެމުންދާއިރު، އެ ސަރަހައްދު ވަނީ ނޭވާލާން އުނދަގޫވާ ވަރަށް ދުމުން ބައްދާލާފައެވެ.
އަލިފާންގަނޑު އިތުރަށް ފެތުރިގެން ދިޔަނުދިނުމަށާއި، އަލިފާންގަނޑު ނިއްވާލުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ރަށުގެ ރައްޔިތުން ގުޅިގެން މިހާރުވެސް ދަނީ ނުރައްކާތެރި މާހައުލެއްގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
Ads by BMLމި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ލިބުނު ގެއްލުމުގެ ތަފްސީލެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އަލިފާންގަނޑު އަދިވެސް ނިއްވާނުލެވި އަނދަމުންދާތީ، އެ ސަރަހައްދުގެ ތަފްސީލީ މައުލޫމާތު ލިބެމުންދާ ވަރަކުން ގެނެސްދެވޭނެއެވެ.
Ads by MACL
