ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕެޓްރޯލް ޝެޑްގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ފުނަދޫ ސްކޫލް ކިޔެވުން ބަންދުކޮށްފި!

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ /  ފޮޓޯ: ވަގުތު ނޫސް
ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ / ފޮޓޯ: ވަގުތު ނޫސް

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރަށު ތެރެއަށް ބޯ ދުންގަނޑު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށު ސްކޫލުގެ ކިޔެވުން މިއަދަށް ބަންދުކޮށްފިއެވެ.

މީގެ އިރުކޮޅެއް ކުރިން ހިނގި މި ހާދިސާގައި ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، ނުރައްކާތެރި ގޮތަކަށް ދަނީ އަނދަމުންނެވެ. ތެލުގެ ބާވަތްތަކާއެކު ރޯވެފައިވާ ބޮޑު އަލިފާންގަނޑުގެ ސަބަބުން މުޅި ރަށު ތެރެއަށް ވަނީ ނޭވާލާން އުނދަގޫވާ ވަރަށް ކަޅު ބޯ ދުންގަނޑު ފެތުރިފައެވެ.

ދުމުގެ އަސަރު މުޅި ރަށަށް ކުރަމުންދާތީ، ދަރިވަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސްކޫލް ބަންދުކުރުމަށްފަހު، ކުދިން މިހާރު ވަނީ ގެއަށް ފޮނުވާލާފައެވެ.

ކަމާބެހޭ ފަރާތްތަކާއި ރަށުގެ ރައްޔިތުން ގުޅިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް މިހާތަނަށް ސާފެއް ނުވެއެވެ.