ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ބ. ތުޅާދޫ ކައިރީގައި ސްޕޮޓާ ވޭވް އޮބްޒަވޭޝަން ނިޒާމެއް ގާއިމުކޮށްފި

ބ. ތުޅާދޫ ކައިރީގައި  ހަރުކުރެވުނު ކަނދުފަތި / ފޮޓޯ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ބ. ތުޅާދޫ ކައިރީގައި ހަރުކުރެވުނު ކަނދުފަތި / ފޮޓޯ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

މޫސުމަށް އަންނަ ބަދަލުތަކަށް ކެތްކުރެވޭފަދަ ރައްކާތެރި ރަށްތަކެއް ބިނާކުރުމަށް ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއެއްގެ ދަށުން، ބ. ތުޅާދޫ ކައިރީގައި ރާޅާއި ކަނޑުގެ ހާލަތު ދެނެގަތުމަށް ހާއްސަ ނިޒާމެއް ގާއިމުކޮށްފިއެވެ.

ބިލްޑިންގ ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް މަޝްރޫއުގެ ދަށުން މި ނިޒާމު ހަރުކޮށްފައިވަނީ ތުޅާދޫ ކައިރީގައިވާ އެފް.އޭ.ޑީ ނަންބަރު ގައެވެ. މިއީ ސްޕޮޓާ ވޭވް އޮބްޒަވޭޝަން ސިސްޓަމް އެކެވެ.

މި ނިޒާމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރާޅުތަކާއި ކަނޑުގެ ހާލަތާ ގުޅޭ މުހިންމު އަދި ބޭނުންތެރި މައުލޫމާތުތައް އެއްކުރުމެވެ. މި ދޭތާތަކުގެ އެހީގައި ރާއްޖޭގެ ކަނޑުގެ މާހައުލަށް އަންނަމުންދާ ބަދަލުތައް އިތުރަށް ދިރާސާކޮށް ދެނެގަތުމަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.